ކުޑަ ކުއްޖަކަށް އެކުއްޖާގެ މަންމަ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖަކަށް އޭނާގެ މަންމަ އަނިޔާކުރާ ކަމަށްބުނެ ރޭ މެންދަމު 12:50 ގައި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިމަހުގެ 15 ވަނަ ދުވަހުވެސް އުތުރުގެ ރަށެއްގައި މަންމައަކު އޭނާގެ ދަރިއަށް އަނިޔާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

އެ މައްސަލައާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން އޭރު ބުނީ އުތުރުގެ ރަށެއްގައި މަންމަގެ ފަރާތުން ކުޑަ ކުދިންތަކަކަށް ޖިސްމާނީ އަނިޔާ ލިބުނު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވުމާ ގުޅިގެން، އެ އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރާއި ފުލުހުން ވަނީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް ކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށެވެ.