އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން ކުރެވިދާނެ ކަންކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި އެދިވަޑައިގެންފިއެވެ.
ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމަށް އީވާ، ފޮނުއްވި ސިޓީގެ ކޮޕީއެއް "ވަން" އަށް ވަނީ ލިބިފައެވެ.
އެ ސިޓީގައި އީވާ ވަނީ އަފްގާނިސްތާނުގެ ސަރުކާރުގެ ބާރު ކެނޑި، ތާލިބާނުންގެ އަތްދަށަށް އެ ގައުމު ވެއްޓި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ނުރައްކަލެއް އޮތްތޯ ބެލުމަށް ޓަކައި ހަދާފައިވާ ރިސްކު އެސެސްމަންޓެއް ދެނެގަތުމަށް ހުށަހަޅާ ކަމަށެވެ. އަދި އެހީއަށް ބޭނުން ޖެހިފައިވާ އަފްގާނިސްތާނުގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް އިންސާނިއްޔަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގައުމެއްގެ ގޮތުގައި ރާއްޖެއިން ކުރެވިދާނެ ކަންކަން ދެނެގަތުމަށްވެސް އީވާ ހުށަހަޅުއްވާފައިވެ އެވެ.
ތާލިބާނުން މީގެ ކުރިން އަފްޣާނިސްތާނުގެ ވެރިކަން ހޯދީ 1996 ވަނަ އަހަރެވެ. އެ ވެރިކަން ނިމުނީ އެމެރިކާ އިން 2001 ވަނަ އަހަރު އަފްޣާނިސްތާނު ހިފުމުންނެވެ.
ނަމަވެސް އެމެރިކާ އާއި ނޭޓޯ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ ފައިދާ ނަގައި އެންމެ 10 ދުވަސް ތެރޭގައި އެގައުމުގެ ހުރިހާ ބޮޑެތި ސިޓީތަކެއް ތާލިބާނުން ހިފިއެވެ. އަދި ވެރިރަށް ކާބުލް ވަށާލުމުން ތާލިބާނުން ކުރަމުންދިޔަ 20 އަހަރުވީ ހަނގުރާމައިން މޮޅުވެ، އަފްގާނިސްތާނުގެ ފުރިހަމަ ކޮންޓްރޯލް އެ ޖަމާއަތަށް ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު