މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި ހުރެ ކުރިއަށްގެންދިޔަ ތެލާބެހޭ މުއާމަލާތްތަކެއްގައި 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައިވާތީ، ސ. ފޭދޫ ވާރުގެ މުހައްމަދު އައިމަންގެ މައްޗަށް އަށް އަހަރާއި ނުވަ މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ.
އެއް ދައުވާއަކީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސޮޖިބް އާއި އިތުރު ބަޔަކާ ބައިވެރިވެގެން އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ގަނެ އެ ތެލަށް ހިޔާނާތްތެރިވެފައިވާތީ، ހިޔާނަތްތެރިވުމުގެ ދައުވާއެވެ.
އޭނާގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާގައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރުގެ މަގާމުގައި އައިމަން ހުރެ، އެފްއެސްއެމްއިން އެމްޕީއެލްއަށް ތެޔޮ ގަތުމުގެ މުއާމަލާތްތައް ކުރުމުގައި، އެމްޕީއެލްއަށް ނުލިބޭ ތެޔޮ ލިބިފައިވާކަމަށް ބަޔާންކޮށް 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓް ބަލައިގަނެ ސޮއިކުރުމަށް ސ. މަރަދޫ އާޒާދުގެ ހަސަން ދީދީއަށް އިރުޝާދުދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ޑެލިވަރީ ނޯޓްތައް ސިސްޓަމް އިން ބަލައިގަނެ ޕްރޮސެސްކޮށް އެމްޕީއެލްއަށް ލިބިފައިނުވާ ޖުމްލަ 783،100 ލީޓަރު ޑީސަލް، އެތަަނަށް ލިބިފައިވާކަމަށް ލިޔެކިޔުންތަކުން ދައްކުވައި، އެ ޑީސަލްގެ އަގަށްވާ 6.7 މިލިއަން ރުފިޔާ އެފްއެސްއެމްއަށް ދައްކައިގެންނެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދެވަނަ ދައުވާއަކީ، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ގޮތުން އެފަދަ ލިޔުމެއްގައިވާ ކަމެއް ބަޔާންކުރުމުގެ ދައުވާއެވެ.
އެ ދައުވާކުރީ، 119 ޑެލިވަރީ ނޯޓްތަކަކީ ސައްހަނޫން ނޯޓްތަކެއްކަން އެނގިހުރެ އެ ލިޔުންތައް ބަަލައިގަނެ ސޮއިކުރުމަށް ހަސަން ދީދީއަށް އިރުޝާދުދީ، މި ޑެލިވަރީ ނޯޓްތައް ސިސްޓަމަށް ބަލައިގަނެ ޕްރޮސެސްކުރި މައްސަލައިގައެވެ.
މި މައްސަލަތަކުގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި، އޭނާ ހިޔާނާތްތެރިވި ޖުމްލަ 783،100 ލީޓަރުގެ އަގަށްވާ 6.7 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އައިމަންގެ އަތުން ނަގައިދިނުމަށް އެދިފައިވެއެވެ.
އެހެންކަމުން ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ހުކުމް ކުރީ، އަށް އަހަރަށް ޖަލަށްލުމަށެވެ. އަދި މައްސަލައިގައި ހިޔާނާތްތެރިވި ޖުމްލަ 6.7 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދައްކަން ވެސް ހުކުމް ކުރިއެވެ.
ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ގޮތުން އެފަދަ ލިޔުމެއްގައިވާ ކަމެއް ބަޔާންކުރުމުގެ ކުށުގައި ހުކުމް ކުރީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ.
ހިޔާނާތުގެ މައްސަލައިގައި އެމްޕީއެލުން 23 މާޗް 2021 ގައި އައިމަން އެމްޕީއެލްގެ ވަޒީފާއިން ވަކިކުރުމުން، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުލަށް ހުށަހެޅުމުން އެމްޕީއެލްގެ މައްޗަށް އަމުރުކޮށްފައިވަނީ އޭނާއަށް ވަޒީފާދީ ބަދަލުދިނުމަށެވެ. ނަމަވެސް ހައިކޯޓުން ވަނީ ޓްރައިބިއުނަލުން ކުރި އަމުރު ބާތިލުކޮށް، އޭނާއަށް އެއް ރުފިޔާގެ ބަދަލެއް ދޭން ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ކުށް
އިންޑިއާ
އެމްޓީސީސީ
ވިޔަފާރި
ކޮމެންޓް