މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ހުޅުވާލައިފި އެވެ.
މީޑިއާ ކައުންސިލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެމްއެމްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މެންބަރުކަމުގެ މަގާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން، މި މަހުގެ 17 ވަނަ ދުވަހުގެ 13:30އިގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ވިދިވިދިގެން ދެ ދައުރު އެމްއެމްސީގެ މެންބަރުކަން އަދާ ނުކުރެވޭއިރު، އިންތިހާބު ކުރާ މެންބަރުންގެ ދައުރަކީ ވެސް ދެ އަހަރެވެ.
އެމްއެމްސީގެ އާންމު މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން ހާއްސަ ދެ ޝަރުތެއް ފުރިހަމަ ވާން ޖެހެއެވެ. އެއީ ގާނޫނީ، ބަހުގެ، އިންސާނީ ހައްގުތަކުގެ، ދީނީ އިލްމުގެ ނޫނީ އިޖުތިމާއީ ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ އެވެ. އަދި އިޖުތިމާއީ ތަރައްގީއާ ދުޅަހެޔޮކަމުގެ ދާއިރާ އިން މަސައްކަތްކުރާ ނުވަތަ ކޮށްފައިވާ ފަރާތަކަށް ވެސް ވާން ޖެހޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު