ޓޯކިއޯ އޮލިމްޕިކްސްގެ ފިރިހެން ފުޓުބޯޅަ އިވެންޓުން މެކްސިކޯ ލޯ މެޑަލް ހޯދައިފިއެވެ.

މެކްސިކޯއިން ލޯ މެޑަލް ހޯދާފައި ވަނީ މިއަދު ކުޅުނު ބްރޯންޒް މެޑަލް މެޗުގައި ޖަޕާނު ބަލިކޮށްގެންނެވެ. މެކްސިކޯއިން ދެވަނަ ފަހަރަށް އޮލިމްޕިކްސް ފިރިހެން މެޑަލްއެއް ހޯދީ ޖަޕާނު 3-1 އިން ބަލިކޮށްފައެވެ. މީގެ ކުރިން 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސްއިން މެކްސިކޯ ރަން މެޑަލް ހޯދާފައިވާއިރު، ޖަޕާނުން އަދި މިހާތަނަށް އޮލިމްޕިކްސް ފިރިހެން ފުޓުބޯޅަ އިވެންޓުން ރަން މެޑަލް ހޯދާފައެއް ނުވެއެވެ.

މެޗުގައި މެކްސިކޯގެ ގޯލްތައް ސެބެސްޓިއަން ކޯޑޯވާއާއި ޔޯހާން ވަޒްކުއޭޒް އަދި އެލެކްސިން ވޭގާ ޖަހައިދީފައިވާއިރު، ޖަޕާނުގެ ގޯލް މެޗުގެ ފަހުވަގުތު ޖަހައިދިނީ ކޯރޫ މިޓޯމާއެވެ.

މެކްސިކޯއިން މިފަހަރުގެ ލޯ މެޑަލްއަށް ކުރި ދަތުރު ފެށީ ގްރޫޕް ސްޓޭޖުގައި ފްރާންސާއި ދެކުނު އެފްރިކާ ބަލިކޮށްފައެވެ. ކުއާޓާގައި މެކްސިކޯއިން ކޮރެއާއާ ދެކޮޅަށް ފޯރިގަދަ މެޗެއް ކުޅެ ސެމީއަށް ގޮސްފައިވާއިރު، ސެމީގައި ބްރެޒިލް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.