މިމަހުގެ އަށްވަނަ ދުވަހު މޯލްޑިވިއަންގެ އެއާބަސްގެ ދަތުރެއް އައްޑޫ ސިޓީއަށް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
މޯލްޑިވިއަނުން ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެ އެއާލައިންގެ އެއާބަސްގެ ދަތުރެއް އަންނަ އާދިއްތަ ދުވަހު ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން އައްޑުއަށް ދާން ބޭނުން ފަރާތްތަކުން ބުކިން ހެއްދުމަށް 3335544 އަށް ގުޅުން މޯލްޑިވިއަނުން އެދެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި އެއާބަސްގެ ދެ ބޯޓެއް އޮވެއެވެ. އެއީ އެއާބަސް 321 އާއި އެއާބަސް 320 އެވެ. އޭގެ ތެރެއިން އެއާބަސް 321 އަކީ 200 މީހުންގެ ޖާގައިގެ ބޯޓެވެ. އަދި އެއާބަސް 320 އަކީ 152 މީހުންގެ ޖާހައިގެ ބޯޓެވެ.
މޯލްޑިވިއަނުން މިހާރުވެސް އައްޑުއަށް ޝެޑިއުލް ދަތުރުތައް ކުރާއިރު އެއާބަސްގެ ދަތުރެއް ބާއްވަން ނިންމާފައިވަނީ މި ދުވަސްވަރު އައްޑުއަށް އޮތް ޑިމާންޑް އިތުރުވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު