އިތުރު ޓްރާންސްފޯމަރެއް ބަހައްޓައި ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނެސްފިއެވެ.
އާބާދީގައި 10،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކަށް ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ 2500 ކިލޯވޯޓުގެ މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން އެ ސިޓީން މިދިޔަ ހޯމަ ދުވަހު ވަނީ ފެނާއި ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެ މައްސަލަ ހައްލުކޮށް، އެދުވަހު ވަނީ ވަގުތީގޮތުން އެ ސިޓީއަށް ކަރަންޓު ދީފައެވެ.
ފުވައްމުލަކަށް ދިމާވި ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޓްރާންސްފޯމަރެއް ގެނެސްފައިވަނީ އައްޑޫ ސިޓީންނެވެ.
ފެނަކައިން މިއަދު ބުނީ ފުވައްމުލަކަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެންދެވުނު 4500 ކިލޯވޯޓުގެ ޓްރާންސްފޯމަރު އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މުޅި ސިޓީއަށް ކަރަންޓު ދެވިފައިވާ ކަމަށްވެސް ބުންޏެވެ.
ފުވައްމުލަކަށް ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ 2500 ކިލޯވޯޓުގެ މައި ޓްރާންސްފޯމަރަށް މައްސަލަ ދިމާވެ، އެ ސިޓީގެ 80 ޕަސެންޓް ގޭބިސީން ފެނާ ކަރަންޓު ކެނޑުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު