މޮނިޓަރިންގައި އޮތް ނަމަވެސް ހަތަކުން މަތީގެ ގްރޭޑުތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފުވައްމުލަކު ސްކޫލުން ނިންމައިފި އެވެ.
ފުވައްމުލަކު ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު އެ ސްކޫލްގެ ހަތަކުން މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް ކިޔެވުން ކުރިއަށް ގެންދާނީ ސްކޫލަށް ހާޒިރުކޮށްގެން ކަމަށެވެ. އަދި ހަޔަކުން ދަށް ގްރޭޑުތަކަށް އޮންލައިންކޮށް ކިޔަވައިދިނުމަށް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފުވައްމުލައް ސިޓީ މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން މޮނިޓަރިންއަށް ލާފައި ހުންނަ ރަށްތަކުގައި ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމަކީ މަނާ ކަމެކެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ވަން"އަށް މިއަދު ވިދާޅުވީ މޮނިޓަރިންގައި އޮތް ނަމަވެސް އެރަށެއްގެ ހާލަތަށް ބަލާފައި އެ ރަށަކަށް ހާއްސަ ކޮށްފައި އޮންނަ ޓާސްކްފޯހަކުން އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށްފަހު ސްކޫލަށް ދަރިވަރުން ހާޒިރުކޮށް ކިޔަވައިދެވިދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު