ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.
ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓިސީސީން ބުނީ އެ މަޝްރޫއުގެ މސައްކަތުގެ 65 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 7،750 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި ޖިއޯ ބޭގްސްއަށް އެޅުމަށް 1،926 ކިއުބިކް މީޓަރުގެ ވެލި ބޭނުން ކުރުމާއި ރަށް ގިރުމުން ސަލާމަތް ކުރުމަށްޓަކައި 310 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 10.02 މިލިއަން ރުފިޔާ އަށެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް އާދަޔާ ހިލާފަށް ގިރައި، އާންމުންގެ މުދަލާއި ގެދޮރަށް ގެއްލުން ވެދާނެކަމުގެ ބިރުހީވާތީ، އެކަމުގެ ސަބަބުން އާންމުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވުމުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު