ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ، ކުރީގެ ޕޮލިސް އިންޓެލް އަހްމަދު ފާތިހަށް ދައުވާ ސާބިތުކުރެވޭ ވަރަށް އަދި ހެކި ލިބިފައި ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ފުލިހުންގެ ބެލުމުގެ ދަށަށް ފާތިހު ގެނައިސްފައިވަނީ މޭ މަހުގެ 19 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ ހަމަލާއާ ގުޅިގެން ޕީޖީ އޮފީހުން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ، ފާތިހުގެ މައްޗަށް ދައުވާ ނުކަރަން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް އެކަށީގެންވާ ހެކި އަދި ލިބިފައި ނެތުމުން ކަމަށެވެ.
"އަހްމަދު ފާތިހުގެ މައްސަލައިގައި އަޅުގަނޑުމެން ނިންމީ މިވަގުތަށް ދައުވާއެއް ކުރެވެން ނެތް ކަމަށް،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.
އެ މައްސަލައިގައި ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިހާރު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. އެއީ، އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އަދި އަހުމަދު ފާތިހު، 23، އެވެ.
އެ ހަތަރު މީހުންގެ އިތުރުން ދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީއާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު