ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އުނގޫފާރު މަގުހެދުމުގެ މަސައްކަތް ކުރިއަށްދާ ގިތް ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް މަސައްކަތްތައް ނިމިފައިވާ ކަމަށާއި އަދި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި،

16,488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރާނެއެވެ.

އުނގޫފާރު ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. މި މަޝްރޫއުއަކީ 28.2 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.