ދ. ކުޑަހުވަދޫގައި އުޅެފައި މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ މިރޭ "ވަން" އަށް ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ އެރަށުގައި އުޅެފައި މާލެ އައި މީހެއް ކަމަށެވެ. އަދި އޭނާ ޓެސްޓް ހަދާފައިވަނީ މާލެ އައިފަހުން، އަލާމާތްތައް ފެނިގެން ކަމަށް ވިދާޅުވިއެވެ.
ފިކުރީ ވިދާޅުވީ އޭނާ އޭނާ އެރަށަށް ގޮސްފައި ވަނީ ބަންދާ ދިމާކޮށް ކަމަށާއި އަދި އޭނާ އެރަށަށް ދިޔައީ ޕީސީއާރް ނެގެޓިވް ނަތީޖާއަކާ އެކު ކަމަށެވެ.
ފިކުރީ ވިދާޅުވީ އެ ކޭސްއާ ގުޅިގެން މިހާރު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮންޓެކްޓް ޓްރޭސިންއަށް ފަހު ރަށުގައި އަޅާނެ އިތުރު ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވި، ފިޔަވަޅުތައް އެޅިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައި ތިން ވަނަ ފަހަރެވެ.
އެރަށް ވަނީ މިދިޔަ މެއި މަހުވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު މޮނީޓަރިންގެ ހާލަތަށް ގެނައީ ބަލިވެގެން ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު