އިންޑިއާ އެމްބަސީ ކައިރީ ޕާކް ނުކުރެވޭ ގޮތް ހަދަން ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގައިފިއެވެ.

އެނގިފައިވާ ގޮތުގައި ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައިވަނީ ވެލާނާގޭގެ ކުރިމައްޗަށް ވާގޮތަށް އޮންނަ އަމީރު އަހުމަދު މަގުގައި ހިމެނޭ ޕާކިން ޒޯންތަކުގައި ޕާކް ކުރުން މަނާ ކުރުމަށެވެ. އެގޮތަށް އަންގާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައިއެވެ.

އެގޮތުން މި މަހުގެ 15 ގެ ކުރިން ވަނީ އެ މަގުގައި ހިމެނޭ ޕާކިން ޒޯން ހުސްކުރުމަށްވެސް ޕްލޭނިން މިނިސްޓްރީން ވަނީ ސިޓީ ކައުންސިލަށް އަންގައިފައެވެ.

އިންޑިޔާ ހައިކޮމިޝަން ކުރިމަތީ އޮންނަ ޕާކިން ޒޯންގައި ޕާކުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި އިންޑިޔާ ހައިކޮމިޝަން ކުރިމަތީ ވެހިކަލް މަޑު ކުރުންވެސް މިހާރު އޮންނަނީ މަނާކޮށްފައެވެ.

އަމީރު އަހުމަދު މަގުގައި ހިމެނޭ ޕާކިން ޒޯންތަކުގައި ޕާކް ކުރުން މަނާ ކޮށްފައިވާއިރު، އިންޑިއާ ހައިކޮމިޝަންގެ އިރަށް އޮންނަ ލޮޓަސް ގޯޅި ދާއިމީކޮށް ބަންދު ކުރުމަށް އިންޑިއާގެ ހައިކޮމިޝަނުން އެދުނު ކަމަށްވެސް ވަނީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައެވެ. ނަމަވެސް އެކަން ފޮރިން މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.