ދަ ރިޓްޒް ކާލްޓަން ސްޕާ ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ކ. ގަމަރުގިރި ކައިރީގައި އޮންނަ ދަ ރިޓްޒް ކާލްޓަން ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު މިއަދު މެންދުރު 12:29 ގައި ލިބިފައިވާ ކަމަށެވެ. އަލިފާން ރޯވީ އެތަނުގެ ވޯޓާ ވިލާއެއްގެ ފަންގިފިލާއެއްގައްޔާއި ފާހަނާގައި ކަމަށެވެ.
އަލިފާން ރޯވި ސަރަހައްދުގައި މިހާރު އެމްއެންޑީއެފުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ މިހާރު އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި ރޯވި އަލިފާން ނިއްވާލާފައިވަނީ ރިސޯޓުގެ މަސައްކަތް ކުރާ މުވައްޒަފުންނާއި ފަޔާމަނުންގެ އެހީތެރި ކަމާއެކު ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓު މިހާތަނަށް ލިބިފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު