ގިނަ އަދަދަކަށް ޑީސަލާއި ޕެޓްރޯލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރުމާ ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ "މެކުނު" ނަމަކަށް ކިޔާ އެ ބާޖު ފަރަށް އެރި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6:59 އެއްގައި ކަމަށެވެ.
މަލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަރން އޭރިޔާގެ ކޯސްޓް ގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިތެޔޮ ބާޖުގައި ފަސް މީހުން ތިބި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ތެޔޮ އުފުލާ ބޯޓުތަކުގައި މިއަހަރު ތެރޭގައި ތަފާތު އެތައް ހާދިސާތައް ވަނީ ހިނގައި ފައެވެ.
އެބާޖު ފަރަށް އެރީ ށ. ފޯކައިދޫން ފުރައިގެން ހދ. ނޭކުރެންދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި އެ ބާޖުގައި 100000 ލީޑަރުގެ ޑިސަލާއި 15000 ލީޓަރު ޕެޓްރޯލް އެބަހުރި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް މިހާދިސާއާ ގުޅީގެން އެ ބާޖުގެ އެއްވެސް ތަނަކު ލީކުވަމުން ނުދާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް