ފެންހޫނުކުރާ ޕޮޓެއްގައި ރޯވެ ބަދިގޭގައި އަލިފާން ރޯވެގެން، ހަ މީހަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެންއޭއިން މިއަދު ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަ މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގި ތަނުގައި ހަރަކާތްތެރިވެފައިވާ ސިފައިން އެމްޑީއެންއޭއަށް މައުލޫމާތުދީފައިވާ ގޮތުން އެ ހާދިސާއާ ގުޅިގެން އެތަނުގައި ދިރިއުޅުނު އެއް އާއިލާ (ހަ މީހުން) އެހެން ތަނަކަށް ބަދަލުކުރުމާއި އެ އާއިލާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުން ކަމަށް އެމްޑީއެންއޭއިން ބުންޏެވެ.

17 ޖޫން 2026: ހުޅުމާލެ ފޭސް އެކެއްގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ --- ފޮޓޯ/ އެންޑީއެމްއޭ

އެންްއެންޑީއެފްއިން ބުނީ އެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެން ހޫނުކުރާ ޕޮޓެއްގައި ކަމަށެވެ. އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 4:32 ހާއިރުއެވެ. އެ ރިޕޯޓު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ލިބުމާއެކު، ފަޔާ ފައިޓަރުން ކުރިމަސައްކަތުން އަލިފާން ނިއްވާލެވުނީ 4:58 ހާއިރުއެވެ.

އެންޑީއޭއެމްއޭއިން ސޯސަލް މީޑިޔާގައި ހިއްސާކުރި ފޮޓޯތަކުން ފެންނަނީ އެ ފްލެޓުގެ ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ތަނެވެ. އަދި އެތަނުގައި ހުރި ތަކެތިވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.