އުރީދޫ އަތޮޅު ދުވުމުގައި ރެޖިސްޓާވުމުގެ ފުރުސަތު އަލުން ހުޅުވާލައި، ރެޖިސްޓާވެފައިވާ ދުވުންތެރިން ސޯޝަލް މީޑިއާގައި ވާޗުއަލް ބިބް ޝެއާކޮށްގެން އަތޮޅު ދުވުން ޓީޝާޓެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލައިފިއެވެ.
އުރީދޫން އިއްޔެ ބުނީ އުރީދޫ އަތަޅު ދުވުމުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކަކުން އެދެމާއެކު ރެޖިސްޓާވުމުގެ ފުރުސަތު މާދަމާ ހަވީރު 6:00 އާ ހަމައަށް އޮންލައިން ޕޯޓަލް ore.do/regstr މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އޭގެ އިތުރުން ރެޖިސްޓާވެފައިވާ ދުވުންތެރިން ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމްގައި މާދަމާ މެންދަމު 12:00ގެ ކުރިން ވާޗުއަލް ބިބް ޝެއާކޮށްގެން އަތޮޅު ދުވުމުގެ ޓީޝާޓެއް ހޯދުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށް އުރީދޫން ބުންޏެވެ.
މިއަހަރުގެ ރަންގައި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީގައި ވެސް ބައިވެރިވެވެއެވެ. ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން ދެ ކެޓެގަރީއަށް ވަކިން ރެޖިސްޓާވެ، މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހެއެވެ. ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތައް، މި ފެށޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެއެވެ.
ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަމޭޝަން މެސެޖެއް ލިބޭނެއެވެ. ރެޖިސްޓާކޮށްފައިވާ ދުވުންތެރިން، އެމީހެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބު ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓުގެ ސްކީންޝޮޓް، ކޮންފަމޭޝަން މެސެޖާއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެއެވެ. ފިޒިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ހިލޭ ޑެލިވާކޮށްދޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އުރީދޫން ބުނީ އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެއް ކަމަށާއި މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކުން ބައިވެރިވުމަށް އުރީދޫން މަރުހަބާ ކިޔާ ކަމަށެވެ. އަދި މި ވާޗުއަލް ދުވުމުގެ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބިގެން ދާނެ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު