ރ. ދުވާފަރުގައި ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.
ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އާމިރު އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ މަރުވެފައިވަނީ 45 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ މަރުވެފައިވަނީ ނޭވާލާން އުނދަގޫވެ، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު ކަމަށެވެ.
އާމިރު ވިދާޅުވީ މި މަރާ ގުޅިގެން އެރަށުގައި މުޒާހަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން އެކަށީގެންވާ ފަރުވާ ނުދޭ ކަމަށްބުނެ ބައެއް ފަރާތްތަކުން އެރަށު ސިއްހީ މަރުކަޒު ދޮށަށް އެއްވެ، އަޑު އުފުލުމުން ގެންދާ ކަމަށެވެ.
މިއީ މި ހަފުތާގައި އެރަށުން މަރުވި ދެ ވަނަ މީހާއެވެ. މިދިޔަ އަންގާރަ ދުވަހުވެސް ވަނީ އެރަށުން މީހަކު މަރުވެފައެވެ. މަރުވެފައިވަނީ 66 އަހަރުގެ ފިރިހެނެކެވެ. މި މަރާއެކު އެރަށުން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 221 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 204 ދިވެހީންނާއި 17 ބިދޭސީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު