ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ގޮއްވާލި ބޮން، ސައިކަލުގައި ހަރުކުރި ކަމަށް ތުހުމަތުކުރާ މީހާއަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މޭ މަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅު ރައީސް ނަޝީދު ދިރިއުޅުއްވާ ގެ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސިކިއުޓާރ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އަދި މިއަދު އިތުރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ފޮނުވާފައިވާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.
މިއަދު ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ނ. މަނަދޫ ނޫރީގޭ، އަލީ ހައިޝަމްގެ މައްޗަށް ކަމަށް ޕީޖީ އޮފީހުން ވަނީ 'ވަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމާ ގުޅޭ ގޮތުން އަންނަ ހަފްތާގައި ގޮތެއް ނިންމާނެ ކަމަށާއި މިހާރު މަޑުކޮށްގެން ތިބީ ފުލުހުންގެ ފަރާތުން ފޮރެންސިކް ބައެއް ރިޕޯޓްތައް ލިބެންދެން ކަމަށެވެ. އަދިވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލައިގައި މީގެ ކުރިން ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ފޮނުވާފައިވަނީ، އެންމެ ފުރަތަމަ ހައްޔަރުކުރި އަދުހަމް އަހްމަދު ރަޝީދާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދާއި އަހުމަދު ފާތިހުގެ މައްޗަށެވެ. އެ މީހުންނަށް ދައުވާ ކުރުމާ ގުޅޭ ގޮތުން ވެސް އަންނަ ހަފްތާގައި ގޮތެއް ނިންމާނެ އެވެ.
އެ ފަސް މީހުންގެ އިތުރުންދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީއާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު