ނުވަ ފޫޓު އުސް ކޮންޓެއިނަރު ބަރިއެއްގެ މަތިން ވެއްޓި، އެމްޕީއެލްގެ މުވައްޒަފެއްގެ އަތް ބިންދައިގެން ހިނގައްޖެއެވެ.
އެމްޕީއެލުން ބުނީ، އެ ހާދިސާ ހިނގާފައިވަނީ މިރޭ 6:20 ހާއިރު ކަމަށާއި އެ ހާދިސާ ހިނގީ ހަރުގަނޑެއް ބޭނުންކޮށްގެން ދެ ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރު ބަރިއެއްގެ މަތީގައި ހުރެފައި ތިން ބަރިއަށް ޖަހާފައި ހުރި ބަރިއެއްގެ މައްޗަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ ހާދިސާގައި އެ މީހާގެ ކޮނޑުހުޅާއި އުނޅަބޮއްޓާ ދޭތެރޭގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.
އަނިޔާވި މުވައްޒަފަށް ފުރަތަމަ ފަރުވާދިނީ އައިޖީއެމްއެޗުގައެވެ. ނަމަވެސް، ބިންދައިގެން ދިޔަ ތަނުގެ ސާޖަރީއެއް އަވަހަށް ހަދަން ޖެހޭތީ އަނިޔާވި މުވައްޒަފު މިހާރު ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަނިޔާވި މުވައްޒަފުގެ ހާލު ރަނގަޅު ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ މުވައްޒަފު ވެއްޓުނުއިރުވެސް އޭނާ ހުރީ ސަލާމަތީ އެއްޗެހި އަޅައިގެން ކަމަށެވެ.
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް