މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެ މީޓަރުތައް ބަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ގައި އެ ހިދުމަތާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު، ސެޕްޓެމްބަރު 19 ގައި އަގު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީޓަރު ޕާކިން ސިސްޓަމަކީ ވަކި ތަނެއްގައި ވަކި ވަަގުތެއް ވަންދެން ވެހިކަލް ޕާކުކޮށްފައި ބޭއްވުމަށްޓަކައި ފައިސާ ދެއްކުމަށް ބަހައްޓާފައި ހުންނަ މެޝިނެކެވެ.
މި ހިދުމަތަކީ ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރާ ހިދުމަތެކެވެ.
މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދޭން ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުން 211 ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު