މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފަސް ގަޑިއިރަށް ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެެވެ.

ހިދުމަތް މެދުކެނޑޭނީ ހަނދުވަރީ ހިނގުމާއި ކާނޭޝަން މަގާ ދެމެދުން ފުލޫނިޔާ މަގުގައި ހިމެނޭ ގޭބިސީތަކުން މިރޭ 11:00 އިން ފަތިހު 4:00 އަށެވެ.

އެ ވަގުތުތަކުގައި ފެނުގެ ހިދުމަތް މެދުކަނޑާލަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ފުލޫނިޔާ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލުން އަޅާފައިވާ ފެން ހޮޅި ގުޅުވައިލުމުގެ މަސައްކަތް ކުރުމަށެވެ.

ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީން ވަނީ މައާފަށް އެދިފައެވެ.

މީގެ ކުރިންވެސް އެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގެ ބައެއް ގޭބިސީތަކުން ފެން ކަނޑާލައިފައިވެއެވެ.