ކޮވިޑު ޖެހިފައިވާ މީހަކު އަނބިމީހާއަށް ވެގެން ފްލައިޓަކުން ދަތުރުކުރަން އުޅެފިއެވެ.
އިންޑޮނޭޝިއާއަށް ނިސްބަތްވާ ޑީޑަބްލިއުގެ ނަން ދެވިފައިވާ މިމީހާ އޭނާގެ އަނބިމީހާއަށް ވެގެން މޫނުބުރުގާގައި ސިޓިލިންކް ފްލައިޓުން ދަތުކުރަން އުޅެނިކޮށް ވަނީ ފަޅާއަރައިފައެވެ.
ޑީޑަބްލައިއު އަކީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހެކެވެ. އަދި އެކަން އެނގުމުން އޭނާގެ އަނބިމީހާގެ ނެގެޓިވް ޕީސީއާރް ޓެސްޓާއެކު އަނބިމީހާއަށް ވެގެން އޭނާ ވަނީ ސިޓިލިންކް ފްލައިޓެއްގައި ޖަކާޓާއިން ޓެރްނާޓޭއަށް ދަތުރުކުރަން މަސައްކަތް ކޮށްފައެވެ.
ޖަކާޓާގެ ހަލިމް ޕެޑާނާކުސުމާ އިންޓަނޭޝަނަލް އެއާޕޯޓު އަދި ސިޓިލިންކް އެއާލައިން މުވައްޒަފުންނަށް އޮޅުވާލައިގެން ޑީޑަބްލިއު ވަނީ ފްލައިޓަށް ވެސް އަރައިފައެވެ. ނަމަވެސް އޭނާގެ މި އަމަލު ފަޅާއަރާފައިވަނީ ފްލައިޓުގެ ފާހާނާ ބޭނުންކުރުމަށް އޭނާ ނިގާބުގައި ވަނުމަށްފަހު އަމިއްލަ ހެދުމުގައި ނުކުތްތަން ފްލައިޓު އެޓެންޑަންޓަކަށް ފާހަގަކުރެވިގެންނެވެ. ފްލައިޓް އެޓެންޑެންޓް މިކަން އަވަހަށް ޓެރްނާޓޭ އެއާޕޯޓު ގްރައުންޑް ހޭންޑްލިންއަށް އަންގައި ވަނީ ރިޕޯޓުކޮށްފައެވެ.
އިންޑޮނޭޝީއާގައި ވަނީ ކޮވިޑުގެ ހާލަތު ގޯސްވެފައެވެ. އެގައުމުގެ ސީޑީސީން ނެރެފައިވާ ޓްރެވެލް ހެލްތު ނޯޓިސް، ލެވެލް 4 ގައި ހިފަހައްޓާފައިވާއިރު ޒަރޫރީ ބޭނުމަށް ނޫން ގޮތެއްގައި ދަތުރުފަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުގައި އެއާޕޯޓު މުވައްޒަފުންނަށް އޮޅުވާލައިގެން ފްލައިޓުތައް ބޯޑުކުރުމަކީ މަދުންނަމަވެސް ހިނގަމުންދާ ކަމެކެވެ.
މިދިޔަ މަހު އަންހެނަކު ވަނީ އޭނާ ބަނޑުބޮޑުމީހަކަށް ހެދިގެން ބެގޭޖަށް އިތުރަށް ދައްކަން ޖެހުނު ފައިސާއިން ސަލާމަތްވި ގޮތުގެ ޓިކްޓޮކް ވީޑިއޯއެއް އާއްމުކޮށް ވައިރަލް ކޮށްފައެވެ.
މީގެ އިތުރުން 2010 ވަނަ އަހަރު ޗައިނާ މީހަކު ވަނީ އުމުރުން ދުވަސްވީ މީހަކަށް ހެދިގެން ހޮންކޮންގުން ކެނެޑާއަށް ދަތުރުކުރަން އުޅެނިކޮށް ފަޅާއަރާފައެވެ. އޭނާގެ އެ އަމަލު ފަޅާ އެރީ އުމުރުން ދުވަސްވީ މީހެއްގެ ސިފަ ގެންނަން ބޭނުން ކުރި ސިލިކޯން މާސްކު ނާޅައި ފްލައިޓުގެ ފާހާނާއިން ނުކުމެވުނު ހިސާބުންނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް