މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ދިވެހީންނާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ދިވެހިންނާއި ވޯމް ޕާމިޓް ހޯލްޑަރުންނަށް ރާއްޖެ އެެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮވެގެން ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ ފަރާތްތަކާއި ކޮވިޑް ވެކްސިންގެ ޑޯޒް ފުރިހަމަކޮށް، ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސްވެފައިވާ ފަރާތްތައް ކަރަންޓީންވާން ނުޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެ ފަރާތްތަކާއެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީންވާކަށް ނުޖެހޭނެއެވެ. ނަަމަވެސް ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަސްތެރޭގައި ޕީސީއާރު ޓެސްޓު ހަދަން ޖެހޭނެއެވެ.
މިހާރު އޮންނަގޮތުން ބޭރު ގައުމުތަކުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކް ޕާމިޓް ހޯލްޑަރުންގެ ތެރެއިން ވެކްސިން ފުރިހަމަކުރާތާ 14 ދުވަސްވެފައިވާ މީހުން ހަތް ދުވަހަށް ކަރަންޓީނުވާން ޖެހެއެވެ. އެ ލުޔަކީ ވެސް މިމަހުގެ ތެރޭގައި ދީފައިވާ ލުޔެކެވެ.
މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި ކޮވިޑުން ރަނގަޅުވިތާ ދެމަސް ނުވާ މީހުންނާއި ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ރާއްޖެ އައިސް 14 ދުވަސް ވަންދެން ކަރަންޓީންވާން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު