ދ. އަތޮޅުގައި އޮންނަ ރިއު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ދ. ކުޑަހުވަދޫ ހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ އިބްރާހިމް ފަޒީލް ވިދާޅުވީ، ރިއު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ގެނބިގެން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެނައި ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެނައީ މެންދުރު 12:00 ހާއިރު ކަަމަށާއި، ގެނައިއިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ފަޒީލް ވިދާޅުވިއެވެ.

ގެނބިގެން މަރުވެފައިވަނީ 32 އަހަރުގެ ޔޫކްރެއިންގެ ފިރިހެނެކެވެ.

ދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެއް ގެނބިގެން މަރުވި އިރު، މިއަދު ވަނީ އެ އަތޮޅުގައި ހިންގާ ރިސޯޓެއްގައި ސްވިމިން ޕޫލަކަށް އެރި އުޅުނު ކުއްޖަކުވެސް މަރުވެފައެވެ.