ހޯރަފުށީ ފެރީ ޓާމިނަލްގެ 63 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.
ހޯރަފުށީ ޓާމިނަލްގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވަނީ ހޯރަފުށްޓަށް ޒިޔާރަތްކުރައްވާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައވައިފައެވެ. މި ޒިޔާރަތުގައި އާޒިމް ވަނީ ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާފައެވެ. އެ މަޝްރޫއުގެ 13 އިންސައްތަ މަސައްކަތް ވަނީ ނިންމާލައިފައިވެ އެވެ.
އާޒިމްގެ ޒިޔާރަތުގައި ވަނީ އެމްޓީސީސީން މިހާރު ކުރިއަަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
ހޯރަފުށީ ފެރީ ޓާމިނަލް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.
މި ޓާމިނަލަކީ ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަޅާ ޓާމިނަލެވެ. ފުރަތަމަ ފިޔަވަހީގައި ހިދުމަތް ދޭނީ، ހއ، ހދ އަދި ށ އަތޮޅަށެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 41 ޓާމިނަލެއް 41 ރަށެއްގައި ގާއިމުކުރެވޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު