ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް، އެމަނިކުފާނުގެ ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަރަށް ބޮޑަށް ބާރު ފޯރުވަމުން ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވެ ރައީސް އިބްރާހިމް ސޯލިހަށް، ރައީސް ނަޝީދު ތުހުމަތުތަކެއް ކުރައްވާފައި ވަނީ، ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައެވެ.
އެ ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިގެ ނިންމެވުންތައް އަދާލަތު ޕާޓީން މޮނޮޕޮލައިޒް ކުރަމުން ދާ ކަމަށެވެ.
އެ ބަޔާނުގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއްގެ ރައްޔިތުން އެމްޑީޕީއަށް ވޯޓު ދިނީ މިނިވަން ކަމާއި، ދިވެހީންގެ ސަގާފަތާއި ތަރިކައަށް އެ ޕާޓީން ގެންގުޅުނުު ލޯތްބެއްގެ ސަބަބުން ކަމަށެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުންތަކަށް ބާރު ފޯރުވުމުގެ ފުރުސަތު، ވެރިކަން ހިންގާ ކޯލިޝަންތެރޭގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީއަށް ދެއްވަމުންދާތީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއަށް ގެންދިއުމަށް ދަތިތައް ކުރިމަތިވެ، ކޯލިޝަނުގެ ތަބީއަތްވެސް ޑިމޮކްރަސީގެ ހުރިހާ އުސޫލުތަކާ ހިލާފު ތަބީއަތަކަށް ބަދަލުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ގިނަ ދިވެހީންނަކީ، ކުރިއެރުމަށް ތާއީދުކުރާ ބައެއް ކަމަށެވެ. މިނިވަންކަމާއެކު އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި ސަގާފަތާއި އިގުތިސާދީ ފުދުންތެރިކަމަށް ދިވެހީން ލޯބިކުރާ ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެހެންމެ ދިވެހީންނަކީ ކާބަފައިން ގެންގުޅުނު މެދުމިނުގެ ދީނީ ވިސްނުމެއް ގެންގުޅޭ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ރިޔާސީ އިންތިހާބުގައި ދިވެހީން ވޯޓު ދިނީ ޕްރޮގުރެސިވް ކެންޑިޑޭޓުންނަށް ކަމަށާއި، ދީނީ ހަރުކަށި ވިސްނުމުގެ މީހުންނަށް ނޫން ކަމަށްވެސް އަދާލަތަށް ނިސްބަތް ކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ. ހަރުކަށި ކެންޑިޑޭޓުންނަކީ ދިވެހިން އެންމެ ލޯބިކުރާ ކަންކަން މުޖުތަމައުން ފިލުވައިލައި، ދިވެހީންގެ މިނިވަންކަން ނަގައިލާނެ ބައެއް ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ލީޑާޝިޕުން ބޭނުންވަނީ ހަމައެކަނި ޑިޕްލޮމަސީ އާއި ދޫދިނުން ނޫން ކަމަަށާއި، އެމްޑީޕީގެ ގަބޫލުކުރުންތަކުގައި ސާބިތުކަންމަތީ ހިފަހައްޓައި އެ ޕާޓީން ގަބޫލުކުރާ އަސާސްތައް ނަގަހައްޓަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ގަންނަ ބިރަކަށް، ޑިމޮކްރެޓިކް ލީޑާޝިޕުގެ ލަގަން ކޯލިޝަނުގެ ޕާޓުނަރުންގެ ތެރެއިން ވޯޓުގެ ބާރު ނެތް ބަޔަކަށް ދޫކޮށްލައިގެން ނުވާނެ ކަމަށާއި، ޑިމޮކްރެސީގެ އުސޫލަކީ އަދި ގާނޫނު އަސާސީ ނިޔާކުރަނީ ވެސް ލީޑަރުން ރައްޔިތުންނާ އޮތް ގުޅުން ނަގަހައްޓައި އެމްޑީޕީގެ އެންމެ އަސާސީ މިންގަނޑުތައް ދިފާއުކުރަން ކަމަށްވެސް އެ ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު