އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް އިސްމާއިލް އިންޑިއާއަށް ވަޑައިގެންފިއެވެ.
ނަޝީދާއި ފައްޔާޒު، އިންޑިއާއަށް ވަޑައިގެންފައިވަނީ އިއްޔެއެވެ. ނަޝީދު އިންޑިއާއަށް ވަޑައިގެންފައިވަނީ ބަންގްލަދޭޝްގެ ވެރި ރަށް ދާކާގައި ބޭއްވި "ބޭ އޮފް ބެންގާލް ކޮންވަޒޭޝަން 2026" ގައި ބައިވެރިވެވަޑައިގަތުމަށް ފަހުއެވެ.
އެނގިފައިވާ ގޮތުގައި ނަޝީދާއި ފައްޔާޒުގެ މިދަތުރުގައި އިންޑިއާގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވައިފައެވެ. ނަމަވެސް ދެ ބޭފުޅުން އިންޑިއާއަށް ވަޑައިގެންނެވި ސަބަބެއް އަދި ވަޑައިގެންނެވީ ކިހާ ދުވަހަކަށް ކަމެއް ސާފެއް ނޫނެވެ. އަދި ބައްދަލުކުރައްވަނީ ސީދާ ކޮން ބޭފުޅުންނަކާ ކަމެއްވެސް ސާފެއް ނުވެއެވެ.
ދެ ބޭފުޅުން އެކުގައި އިންޑިއާއަށް ވަޑައިގެންނެވި އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒު ވާދަކުރައްވަނީ ނަޝީދުގެ ތާއީދާއެކުއެވެ. ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާ އިރު، އެންމެ ފަހުން ބޭއްވި އެމްޑީޕީ ކޮންގްރެސްގައި ފައްޔާޒު ހުށަހެޅުއްވި "ބޮޑު ބަދަލު" އަދި ލާމަރުކަޒީ ސިޔާސަތު ވެސް ވަނީ ފާސްކޮށްފައެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް