ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ގޯތި ނުވަތަ ފްލެޓު ލިބުން ފަރާތްތައް މަލޭގެ ދަފްތަރުން އުނިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން، ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓު ނުވަތަ ގޯތި ލިބިފައިހުރި ފަރާތްތައް ދަފްތަރުން އުނިކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މައިމުޅަވެފައިވާ (އަންހެން ދަރީގެ ދަރިންނަށް ވާރުތަ މުދާ ނުލިބޭގޮތްވުން) ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މައުލޫމާތު ހިއްސާކުރުމަށް ކައުންސިލުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ގޯތި ނުވަތަ ފްލެޓު ލިބުން ފަރާތްތައް މަލޭގެ ދަފްތަރުން އުނިކުރުމަށް ނިންމާފައިވަނީ، ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ފްލެޓު ލިބުނު މީހުންނާއި ނުލިބި ތިބި މީހުން ދެނެގަތުމަށެވެ.
މާލޭ ދަފްތަރުގައި ޖެއްސުންވެސް ސިޓީ ކައުންސިލުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު