މިހާރު ގެއަށް ބަދަލު ކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ފުލުސް އޮފީހަށް ހާޒިރު ކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު "ވަން" އަށް ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ.
ނަމަވެސް އެމަނިކުފާނު ހާޒިރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ޔުސްރީން ވިދާޅުވީ އެކަމާބެހޭ މައުލުމާތު އެނގޭނީ ފުލުހުންނަށް ކަމަށެވެ.
ޕީޕީއެމުން ބުނީ ރައީސް ޔާމީން ޕޮލިހަށް ހާޒިރު ކުރީ ބަޔާނަތަކެއްގައި ސޮއި ކުރެއްވުމަށް ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަނީލޯންޑާ ކުރުުގެ ކުށް ސާބިތުވެ، އިއްވި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ މިއަހަރުގެ އޭޕްރީލްމަހުގެ 29 ގައެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ ކ. މާފުށީގައި އެއިރު ހަލުވިކަމާއެކު ކޮވިޑް ފެތުރި، މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވް ވަމުން ދާތީ، ރައީސް ޔާމީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު