'އެކްސް އެކަތަ -4' ތަމްރީން ނިންމުމުގައި ބައިވެރިވުމަށް އިންޑިއާގެ މަނަވަރެއް ރާއްޖަ އަތުވެއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ، އިންޑިއާ އަސްކަރިއްޔާއާ ގުޅިގެން ކުރިއަށް ގެންދާ އެކްސް އެކަތަ-4 ނިންމުމުގައި ބައިވެރިވުމަށް އެ ގައުމުގެ ނޭވީ ޝިޕް 'ޝަރްޑާ' މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.
ތަމްރީންތައް ނިންމުމަށްފަހު އެ މަނަވަރު ރާއްޖެ އިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފްއާ އިންޑިއާ އަސްކަރިއްޔާ ގުޅިގެން މީގެ ކުރިން ވެސް ވަނީ އެތައް ތަމްރީނުތަކެއް ފުރިހަމަ ކޮށްފަ އެވެ. އަދި އިންޑިއާ ނޫން އެހެން ގައުމުތަކުގެ އަސްކަރިއްޔާތަކާ ގުޅިގެން ވެސް އެމްއެންޑީއެފުން ތަމްރީންތައް ކުރިއަށް ގެންދެ އެވެ.
ޚަބަރު
ޚަބަރު