ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ނެގެޓިވް ނަތީޖާއަކާ އެކު ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ލުއި ދީފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ މީހުންނަށް، މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ.
ނަމަވެސް ދެ ޑޯޒު ފުރިހަމަ ކުރި މީހުންނަށް ދަތުރު ކުރެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ކަމަށް ވިދާޅުވިއެވެ. މަގުމަތިން ރެންޑަމްކޮށް ނަގާ ސާމްޕަލްތަކުގެ ނެގެޓިވް ނަތީޖާވެސް ދަތުރުކުރުމަށް ބަލައިގަންނާނެއެވެ.
މީގެ އިތުރުން ރިސޯޓު މުވައްޒަފުންގެ ތެރެއިންވެސް ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ތިބި ފަރާތްތަކަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދަތުރުކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.
ނަމަވެސް އެގޮތަށް ދަތުރު ކުރެވޭނީ މޮނިޓަރިން ހާލަތުގައި ނެތް ރިސޯޓުތަކުންނެވެ. އަދި ރިސޯޓުތަކުން މަހަކު އެއްފަހަރު އެކްޓިވް ސަވައިލަންސްގެ ގޮތުގައި މަދުވެގެން މުވައްޒަފުންގެ 10 ޕަސެންޓްގެ ސާމްޕަލް ނަގައި ޓެސްޓް ކުރަންވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު