ދެކުނު އޭޝިއާގެ ގައުމުތަކުގެ ރާއްޖެ އަންނަ ފަތުރުވެރިންނަށް ރަށް ރަށުގައި ހިންގާ ގެސްޓްހައުސްތަކަށް އެ ފަރާތްތަކަށް ދެވޭނީ ޖުލައި މަހުގެ 31 އިން ފެށިގެން ކަމަށް ސަރުކާރުން ނިންމައިފި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައި ވަނީ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.

ނަމަވެސް މިއަދުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެެއަށް ވޯކް ޕާމިޓް ހޯލްޑަރުންނަށް އާދެވޭނެ ގޮތަށް ހަމަޖައްސާފައިވާ އިރު އެގޮތަށް އަންނަ މީހުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަކުރަން ޖެހޭނެއެވެ. އަދި އެ މީހުން ރާއްޖެ އައުމަށްފަހު ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

ގެސްޓްހައުސްތަކަށް ދަތުރުކުރަން ހުއްދަ ދެވެނީ ތިރީސް ޖުލައިވާ ދުވަހުން ފެށިގެން އެއީ ސައުތު އޭސިއާ ޓުއަރިސްޓުން،" މަބްރޫކް ވިދާޅުވި އެވެ.

މި މަހުގެ 30 އަންނަންވާއިރަށް ގެސްޓްހައުސްތައް ހުންނަ ރަށް ރަށުގެ އާބާދީގެ މަދުވެގެން 60 އިންސައްތަ އާބާދީއަށް ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރުން އެއީ އަމާޒެއް ކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 95 އިންސައްތަ މުވައްޒިފުން ވެކްސިން ފުރިހަމަ ކޮށްފައިވާކަން ކަށަވަރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އާބާދީގެ 60 އަހަރުން މަތީގެ ބޭފުޅުންގެ 90 ޕަސެންޓަށް ވުރެން މަތިން ވެކްސިންގެ ދެ ޑޯޒް ހަމަކުރައްވާފައިހުރިކަން ކަށަވަރުކުރުމަށް،" މަބްރޫކް ވިދާޅުވި އެވެ.

އެކަމުގެ މައިގަނޑު ދެ ބޭނުމެއް އޮތްކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ، އެއް ބޭނުމަކީ ބަލި ފެތުރުން ކުޑަކުރުން ކަމަށާއި އަދި ދެވަނަ ބޭނުމަކީ ބަލިވާ ފަރާތްތައް ހޮސްޕިޓަލައިޒް ކުރަންޖެހޭ އަދަދު މަދު ކުރުން ކަމަށެވެ.