މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއޮތީ ވަރަށްބޮޑަށް އެކަހެރިވެ ނިކަމެތިވެފައި ކަމަށް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ހޮވި ވަޑައިގަންނަވާފައިވާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަށްޓަކައި ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް މިނިސްޓަރު ޝާހިދު އިންތިހާބުވެވަޑައިގަތުމަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަހުރަކާއި ޝަރަފެއް ކަމަށާއި އެއީ ހާރިޖީ ދާއިރާގައި ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ދުނިޔެ ބަލައި ގަންނަ ކަމުގެ ހެއްކެއްކަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއޮތީ ވަރަށްބޮޑަށް އެކަހެރިވެ ނިކަމެތިވެފައި ކަމަަށާއި މިފަހަރުގެ ކާމިޔާބީއަކީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ބައިނަލްއަގުވާމީ މުޖުތަމައާ އަލުން ގުޅުންބަދަހިކުރައްވައި ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު އަލުން ހޯއްދަވައި ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، މި ކާމިޔާބީއަކީ 1965 ވަނަ އަހަރު ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމްވުމަށްފަހު ހާރިޖީ ދާއިރާއިން ލިބިގެންދިޔަ އެންމެބޮޑު އެއް ކާމިޔާބީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު