ރ. އަލިފުށީގައި އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އެ ރަށަށް ނިސްބަތްވާ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ، މާޗް މަހުގެ އެއް ވަނަ ދުވަހު ރ. އަލިފުށީގައި އަންހެނަކު ރޭޕް ކުރި މައްސަލައާ ގުޅިގެން އެ ރަށު ރޯޝަނީއާގެ ނާއިލް އަބްދުﷲގެ މައްޗަށް މީހަކު ރޭޕްކުރުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ރޭޕް ކުރުމުގެ ދައުވާ އުފުލާފައިވަނީ، އެ އެންހެން މީހާ ނިދާފައި އޮއްވައި އެގެއަށް ވަދެ ގަދަކަމުން ޖިންސީގުޅުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.
އެ ހާދިސާއާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
މި ފަހުން ވަނީ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު