ޕޯޗުގަލްގެ ޑިފެންޑަރު ޖައޯ ކަންސެލޯގެ ލޯބިވެރިޔާ ޑެނިއޭލާ މަޗާޑޯއަށް ރާއްޖޭގައި ޕްރޮޕޯސް ކޮށްފިއެވެ.
ކަންސެލޯގެ ޒަމާންވީ ލޯބިވެރިޔާއަށް ޕްރޮޕޯސް ކޮށްފައި ވަނީ ސޮނޭވާ ޖާނީގައެވެ. ކަންސެލޯ އާއި ލޯބިވެރިޔާގެ އިންސްޓަގުރާމުގައިވެސް ރާއްޖޭގެ ގިނަ މަންޒަރުތަކެއް ދަނީ ހިއްސާކުރަމުންނެވެ.
ކަންސެލޯ ރާއްޖެ އައީ ކޮވިޑް-19 ޖެހިގެން ޔޫރޯ ގެއްލުމުންނެވެ. ޕޯޗުގަލް އިން ޔޫރޯގައި ކުޅެން އޮތް ފުރަތަމަ މެޗަށް އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް ކަންސެލޯ ކޮވިޑަށް ޕޮޒިޓިވްވިކަން ޕޯޗުގަލް އިން އިއުލާން ކޮށްފައިވާ އިރު، އޭނާގެ ބަދަލުގައި ސްކޮޑަށް ކުޅުންތެރިޔަކުވެސް ނެގިއެވެ. ކަންސެލޯގެ ބަދަލުގައި ޕޯޗުގަލް އިން ސްކޮޑަށް ނަގާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު ޑިއޭގޯ ޑަލޮޓެވެ. ލޯން އެއްބަސްވުމެއްގައި ނިމިދިޔަ ސީޒަންގައި ޑަލޮޓް ކުޅުނީ އޭސީ މިލާނަށެވެ.
ސިޓީއާ އެކު މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރި ކަންސެލޯއަކީ މިވަގުތު ދުނިޔޭގައިވެސް އަރިމަތިން ފަހަތަށް ކުޅެން ހުރި އެންމެ މޮޅު އެއް ޑިފެންޑަރެވެ. ޔޫރޯގެ ތަށި ދިފާއުކުރުމަށް ޕޯޗުގަލް އިން ކުރި މަސައްކަތުގައި ކަންސެލޯ ނެތްތަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.
މިވަގުތުވެސް ރާއްޖޭގައި ގިނަ ފުޓުބޯޅަ ކުޅުންތެރިންތަކެއް ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ހާއްސަކޮށް ޔޫރޯއިން ކަޓައިގެންދާ ޓީމުތަކުގެ ތަރިން ރާއްޖެ އަންނަކަން ފާހަގަކޮށްލެވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު