ބ. ފުޅަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ 87 ޕަސެންޓް ނިމި ބޭރުތޮށިލުމުގެ މަސައްކަތް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 51،861.5 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 223 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 108 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެއެވެ. އަދި 283 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، ނެރު ބައްތި އާއި މަގު ބައްތި ހަރުކޮށް، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެއެވެ.
މި މަޝްރޫއަކީ ޖުމުލަ 49.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖުލައި 2019ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު