ޔޫރޯ 2020ގެ ކުއާޓާ ފައިނަލުގައި ޗެކު ރިޕަބްލިކާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
ޑެންމާކުން މުބާރާތުގެ ކުއާޓާ ފައިނަލަށް ގޮސްފައިވަނީ ގަދަ 16 ގައި ބޮޑު ތަފާތަކުން ބަލިކޮށްގެން. އެޓީމުން ވަނީ 4-0 އިން ވޭލްސްގެ މައްޗަށް ކާމިޔާބު ހޯދައި ހިތްވަރު ދައްކާލައިފައި. ޑެންމާކުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަންއަށް ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުމުގެ ހިސާބުން ޑެންމާކަށް އުނދަގޫ ހާލަތެއް ކުރިމަތިވި ނަމަވެސް އޭގެ ފަހުން އެޓީމު ފެނުނީ އާ ހިތްވަރަކާއެކު ކުޅެމުން ދިޔަތަން. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަޝިއާ ކޮޅަށް ހަތަރު ގޯލު ޑެންމާކުން ޖެހި އިރު، އެޓީމު މިހާރު ފެންނަނީ ރަނގަޅު ފޯމެއްގައި ކުޅޭތަން.
އަނެއްކޮޅުން މެޗަށް ނުކުންނަ ޗެކު ރިޕަބްލިކް ވަނީ ގަދަ 16 ގައި ވަރުގަދަ ނެދަލޭންޑްސް ބަލިކޮށްފައި. އެޓީމުގެ ވަރުގަދަކަމާ މެދު އެއްވެސް ޓީމަކުން ޝައްކު ނުކުރާނެކަން ޔަގީން. ހާއްސަކޮށް ޗެކުގެ ފޯވަޑް ޕެޓްރިކް ޝިކަކީ މިހާތަނަށް މުބާރާތުގައި އެންމެ ނުރައްކާތެރިކޮށް ފެނުނު ފޯވަޑް. މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ އަޒަރުބައިޖާންގެ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގައި.
- ސްޓޭޑިއަމް: އޮލިމްޕިކް ސްޓޭޑިއަމް
- ސަޕޯޓަރުންގެ ޖާގަ: 68،700 މީހުން
- އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 34،350 މީހުން (50 ޕަސެންޓް)
- 2019 ވަނަ އަހަރު ޔޫރޮޕާ ލީގު ފައިނަލް ކުޅުނު ސްޓޭޑިއަމް، ވާދަކުރީ ޗެލްސީއާއި އާސެނަލް
- އަޒަރުބައިޖާން ގައުމީ ޓީމުގެ ހޯމް ސްޓޭޑިއަމް
- ޗެކު ރިޕަބްލިކް
- ޖަރޮސްލަފް ފިޅަވީ
- އުމުރު: 59 އަހަރު
- ޖަރޮސްލަފްއަކީ ޗެކް ރިޕަބްލިކްގެ ފުޓުބޯޅައަށް މަޝްހޫރު ނަމެއް.
- ކުޅުންތެރިއެއްގެ ގޮތުގައާއި، ކޯޗެއްގެ ގޮތުގައި ބައިނަލްއަގުވާމީ ތަޖުރިބާ މަދު ނަމަވެސް ޗެކް ރިޕަބްލިކްގެ ފުޓުބޯޅައަށް ޖަރޮސްލަފް އަލެއް ނޫން.
- އެގައުމުގެ އެކިއެކި ކްލަބުތަކަށް 465 މެޗު ކުޅެދީފައިވާ އިރު، އޭނާއަކީ ޗެކު ޓޮޕް ފްލައިޓްގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު އޮތް ކުޅުންތެރިޔާ.
- ޗެކް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކޯޗުކަން ކޮށްދިނުމަށްފަހު ޖަރޮސްލަފް ގައުމީ ޓީމާ ހަވާލުވީ 2018 ވަނަ އަހަރު.
- ގައުމީ ޓީމާ އޭނާ ހަވާލުވީ އެގައުމުގެ 21 އަހަރުން ދަށުގެ ޓީމުގެ އިތުރުން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައިވެސް މަސައްކަތް ކޮށްފައި.
- ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ޖަރޮސްލަފް މަސައްކަތް ކުރީ 2001 އިން 2009 ވަނަ އަހަރާ ހަމައަށް.
- ޑެންމާކު
- ކެސްޕާ ހިޖޫލްމަންޑް
- އުމުރު: 49 އަހަރު
- ހިޖޫލްމަންޑް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1987 ވަނަ އަހަރުން ފެށިގެން ޑެންމާކުގެ ކްލަބުތަކަށް ކުޅެފައި.
- ނަމަވެސް ކާމިޔާބެއް ނުލިބި 1998 ވަނަ އަހަރު ރިޓަޔާކުރަން ޖެހުނީ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން.
- ޑެންމާކް ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ހިޖޫލްމަންޑް ވަނީ ޑެންމާކުގެ ކްލަބުތަކަކާއި ޖަރުމަންގެ އެފްއެސްވީ މައިންޒްއަށް އިރުޝާދު ދީފައި.
- އެ ކްލަބުތަކާއެކު އޭނާއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދިފައެއް ނުވޭ.
- ޔޫރޯގައި ޑެންމާކަށް ކޯޗުކަން ކޮށްދޭ ގޮތަށް ކުރީން އޮތީ މުބާރާތަށް ޓީމު ކޮލިފައި ކޮށްދިން ކޯޗު އާގަ ހާއެއިޑް.
- ނަމަވެސް ކޮވިޑާ ގުޅިގެން އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް އައުމާ ގުޅިގެން މިދިޔަ އަހަރު ހިޖޫލްމަންޑް ވަނީ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފައި.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020