ރައްޔިތުންގެ މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ބުނެ ފޭސްބުކް ލައިވްއަކަށް ކޮމެންޓު ކުރި މިހާ ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ފޭސްބުކް ލައިވްއަކަށް މަޖިލިސް ގޮއްވާލަން ޖެހޭ ކަމަށް ބުނެ ކޮމެންޓްކުރި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ފަހު ދެ ފަހަރެއްގެ މަތިން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
ފުލުހުން ބުނީ، އެ މީހާ ދޫކޮށްލީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އެމީހާ ދޫކޮށްލީ، ތަހުގީގު ނިމިފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމަށް ފަހު ކަމަށްވެސް ބުންޏެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ގާނޫނުގައިވާ ގޮތުން ކުށެކެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުން އެފަދަ އަމަލެއް ހިންގައިފި މީހެއްގެ އަދަބަކީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު