މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ބިދޭސީއަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިނގީ އަސަރީ ގޯޅީގައި ދެމީހެއްގެ ދެމެދުގައި ކަމަށެވެ.
އެ މާރާމާރީގައި ބިދޭސީ މީހާއަށް އަނިޔާާވެ އައިޖީއެމްއެެޗުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ނަމަވެސް އެ މީހާއަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން އަންނަނީ އެ މައްްސަލަ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު