މެދުކެނޑުމަކަށްފަހު އައިޖީއެމްއެޗުން މި އަހަރު ހިތާނީ ކޭމްޕެއް ބާއްވަން ނިންމައި 200 ކުދިންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
އައިޖީއެމްއެޗުން ބުނީ، މި އަހަރުގެ ހިތާނީ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ދުވަހުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.
އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގެ ސާޖަރީ ޑޮކްޓަރުންގެ ޓީމުން ކުދިން ހިތާނު ކުރުމަށްފަހު އެޑްމިޓް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ. ހިތާނު ކުރަން ބޭނުންވާ ކުދިން ނަން ނޯޓު ކުރުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އެ ފުރުސަތު ބަންދުވާނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.
ހިތާނު ކުރުމަށް ހަމަޖެހިފައިވަނީ ނަން ނޯޓު ކުރާ ތަރުތީބުން ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
ނަން ނޯޓު ކުރުން ކުރިއަށް ދާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ތިން ވަނަ ފަންގިފިލާގައި ހުންނަ ސާޖަރީ ކައުންޓަރުންނެވެ. ނަން ނޯޓު ކުރުމަށް ކުއްޖާގެ އައިޑީކާޑާއި ބެލެނިވެރިޔާ ދިއުމަށް އައިޖީއެމްއެޗުން ވަނީ އެދިފަ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ހިތާނަކުރާ ކުދިން އޮޕަރޭޝަން ތިއޭޓަރަށް ގެންދިއުމުގެ 72 ގަޑިއިރު ހަމަނުވާ ކޮވިޑަށް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ. އެ ޓެސްޓް ހެދުމުގެ އިންތިޒާމް އައިޖީއެމްއެޗުން ހަމަޖައްސައިދޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު