ޔޫރޯ 2020 ގެ ގަދަ 16 ގައި ޔޫކްރެއިނާއި ސްވިޑެން ކުޅޭ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!
މިރޭގެ މެޗުގައި ވާދަކުރާ ޔޫކްރެއިން ގަދަ 16 އަށް ނުކުތީ ގްރޫޕް ސީގެ ތިންވަނަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ނޯތު މެސަޑޯނިއާ ބަލިކޮށްފައި. ނެދަލޭންޑްސް ކައިރިންވެސް ހިތްވަރުކޮށް ބަލިވީ ކުޑަ ތަފާތަކުން. އޮސްޓްރިއާ އަތުންވެސް ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުން. އަނެއްކޮޅުން ނުކުންނަ ސްވިޑެން ގަދަ 16 އަށް ދިޔައީ ސްޕެއިންއާއެކު ގްރޫޕް އީގައި ކުޅެ ގްރޫޕްގެ އެއްވަނަ ހޯދައިގެން. އެޓީމުން ގަދަ 16 ގައި ބަލިވެފައެއް ނުވޭ. ސްޕެއިންއާ އެއްވަރުކޮށް، ސްވިޑެންއިން ވަނީ ގްރޫޕް ސްޓޭޖުގައި ޕޮލެންޑާއި ސްލޮވޭކިއާ ބަލިކޮށްފައި.
މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ގްލަސްގޯގެ ހެމްޕްޑެން ޕާކަށް.
- ސްވިޑެން
1945 ވަނަ އަހަރުން ފެށިގެން އައިސް 1950 ގެ ފަހުކޮޅާ ޖެހެންދެން ސްވިޑެން އޮތީ ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ފުޓުބޯޅަ ޓީމުގެ ގޮތުގައި. އެޓީމުން ވަނީ މިހާތަނަށް 12 ފަހަރެއްގެ މަތީން ވޯލްޑް ކަޕުގައި ވާދަކޮށްފައި. 1958 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައިވެސް ސްވިޑެން ކުޅެފައިވޭ.
ސްވިޑެންއިން ޔޫރޯގައި މިހާތަނަށް ވާދަކޮށްފައިވަނީ ހަ ފަހަރެއްގައި. ފުރަތަމަ އެ މުބާރާތުގައި ވާދަކުރި އަހަރު ކަމަށްވާ 1992 ވަނަ އަހަރު އެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުން އެއީ އެޓީމަށް ޔޫރޯގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ. ސްވިޑެން އިން ޔޫރޯއަށް ނުކުންނަން ޖެހޭނީ އަނިޔާގައި ހުރި ޓީމުގެ ލެޖެންޑް، ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް ނުލައި. ރިޓަޔާމަންޓުން އެނބުރި އައިސް ޔޫރޯއަށް ތައްޔާރުވި ނަމަވެސް އޭނާއަށް ނަސީބު އެހީއެއް ނުވި.
ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:
ސްވިޑެން 0-0 ސްޕެއިން
ސްވިޑެން 1-0 ސްލޮވޭކިއާ
ސްވިޑެން 3-2 ޕޮލެންޑް
- ޔޫކްރެއިން
ޔޫކްރޭނަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ބޮޑު ތާރީހެއް އޮތް ޓީމެއް ނޫން. އެ ޓީމުން ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް އެންމެ ފަހަރަކު. ނަމަވެސް ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް 2006ގައި ވާދަކޮށް އެޓީމުން ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި. ޔޫރޯއަށް ވެސް ޔޫކްރޭން ކޮލިފައިވީ ދެ ފަހަރު. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ވެސް އެޓީމު މުބާރާތުން ޖާގަ ހޯދި. ޔޫރޯ 2012، ޔޫރޯ 2016ގައި ވެސް ޔޫކްރޭން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕު ސްޓޭޖުން.
މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ޔޫކްރޭނުން ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފައި. ކޮލިފައިންގައި އެޓީމު ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗަކުން ވަނީ މޮޅުވެފައި. އަދި އަނެއް މެޗު ނިމިގެންދިޔައީ އެއްވަރުވެގެން.
ގްރޫޕް ސްޓޭޖުގެ ނަތީޖާތައް:
ޔޫކްރެއިން 2-3 ނެދަލޭންޑްސް
ޔޫކްރެއިން 2-1 ނޯތު މެސަޑޯނިއާ
ޔޫކްރެއިން 0-1 އޮސްޓްރިއާ
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020