ތިން ހަފުތާ ފަހުން ކުޅުދުއްފުށި ސިޓީ މޮނިޓަރިން އިން ނަގައިފިއެވެ.
ކުޅުދުއްފުށި މޮނިޓަރިން އަށް ލާފައި ވަނީ، މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެއީ އެރަށާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓުގެ ފަޅުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
އެ ކޭސްއާ ގުޅިގެން އިތުރު ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ފަހުން އެ ރަށާއި މާލެއާ ދެމެދު ދަތުރުކުރާ އިތުރު ދެ ބޯޓަކުންވެސް ވަނީ ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައެވެ.
ތިން ހަފުތާ ފަހުން އިއްޔެ ކުޅުދުއްފުށި މޮނިޓަރިން އިން ނެގި އިރު، ހާހަކަށް ވުރެން ގިނަ ސާމްޕަލް ވަނީ ނަގައިފައެވެ. އަދި މި ވަގުތު ކުޅުދުއްފުށި ސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ފަސް މީހުން ކަމަށް އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މިދިޔަ މަހުވެސް ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނައެވެ. އަދި ފުލޫ ކްލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވްވެ، މިދިޔަ މަހުގެ ދެވަނަ ދުވަހުވެސް އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނައެވެ. އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ވަނީ އާންމު ހާލަތަށް ގެނެެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު