ކިންގްޑަމް އޮފް މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ގ. ފަރުކަނި/ ޑޮކްޓަރު އާސިމް އަހުމަދު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ޑރ. އާސިމް މިހާރުވެސް ހުންނެވީ، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ ގޮތުގައެވެ.
މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ޑރ. އާސިމް އައްޔަން ކުރުމަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވުމުން އޭނާއަށް ރުހުން ދޭން ފާސްކުރީ މަޖިލީހުގެ އޮންލައިން ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ވޯޓުންނެވެ.
ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލާސް އޮފް އާޓްސްގެ އިތުރުން މާސްޓާ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސް އަދި ޑޮކްޓަރު އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވައިގެން ހުންނެވި ޑރ. އާސިމް ވަނީ މީގެ ކުރިން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް (ޑަބްލިޔުޓީއޯ) އަށް ރާއްޖެއިން ކަނޑައަޅައި މަންދޫބުގެ މަގާމުވެސް އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު