ޖިނާއީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބަންދު ދޫކޮށްލި މައްސަލަ މުރާޖައާ ނުކޮށްގެން ސ.މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އިބްރާހީމް ނަފީސްގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއް ބަންދުން ދޫކޮށްލުމަށް ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެކޯޓުން ކަނޑައެޅި ގޮތުގެމަތިން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ބަންދު މުރާޖައާ ކޮށް ދެއްވުމަށް ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވާ ކަމަށެވެ.
ނަމަވެސް އެހުށަހެޅުން ބަލައިގަނެފައި ނުވާއިރު، އެކި ފަހަރު މަތިން ކޯޓުގައި އެދުމުން ވެސް އެ ހުށަހެޅުމާމެދު އިސްމެޖިސްޓްރޭޓް އަލްއުސްތާޒު އިބްރާހީމް ނަފީސް ގޮތެއް ނިންމާފައި ނުވާ ކަމަށް ބުނެ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން އެކަމުގައި އިސް މެޖިސްޓްރޭޓް އަލްއުސްތާޒު އިބްރާހީމް ނަފީސް އަމަލު ކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށް، އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުން ނިންމައި، މި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން