ޔޫރޯ 2020 ގެ ގްރޫޕް އެފްގައި ޖަރުމަނާއި ހަންގޭރީ ކުޅޭ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަކީ ދެޓީމަށްވެސް މުހިއްމު މެޗެއް. ޖަރުމަނު ބަލިނުވެއްޖެ ނަމަ އެޓީމަށް ގަދަ 16 ޔަގީންވާނެ. ފްރާންސަށް ޕޯޗުގަލް ކައިރިން މޮޅު ނުވެވިއްޖެނަމަ، ޖަރުމަނަށް މޮޅަކާއެކު ގްރޫޕް އެއްވަނަވެސް ލިބޭނެ. ފްރާންސް ބަލިވިނަމަވެސް، ޖަރުމަނު ބަލިވެއްޖެ ނަމަ އެޓީމަށް ލިބޭނީ ތިންވަނަ. މޮޅަކާއެކު ހަންގޭރީއަށް ގަދަ 16 ޔަގީން ކުރެވޭނެ. ޖަރުމަނު ކައިރިން ހަންގޭރީ މޮޅުވެ، ފްރާންސް ޕޯޗުގަލް އަތުން ބަލިވެއްޖެނަމަ ދެވަނަ ކަނޑައެޅޭނީ ފައިދާ ގޯލުގެ ތަފާތުން. ހަންގޭރީ މޮޅުވިނަމަވެސް، ޕޯޗުގަލްއާއި ފްރާންސް މެޗު އެއްވަރު ވެއްޖެނަމަ އެޓީމަށް ލިބޭނީ ތިންވަނަ. އަދި ގަދަ 16 ޔަގީނެއް ނުވާނެ.
ހަންގޭރީއާއި ޖަރުމަނު ކުޅޭ މެޗު އޮންނާނީ ޖަރުމަނުގެ ހޯމް އެލިއާންޒް އެރީނާގައި.
- ޖަރުމަނު
- ޖަރުމަނުން ފުރަތަމަ ކުޅުނު މެޗުގައި ފްރާންސް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުން.
- ދެވަނަ މެޗުގައި ރަނގަޅު ކުޅުމަކާއެކު 4-2 އިން އެންމެފަހުގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލް ބަލިކުރި.
- ޖަރުމަނުގެ ހަތަރު ގޯލުން ދެ ގޯލަކީ ޕޯޗުގަލް ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލުތަކެއް.
- ޖަރުމަނުގެ އަނެއް ދެ ގޯލު ޖެހީ ކައި ހަވާޓްސްއާއި ގޮސެންސް.
- ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކަށްވެސް ޖަރުމަނު ނުކުންނާނީ ހޯމް ސްޓޭޑިއަމްގައި.
- ހަންގޭރީ
- ހަންގޭރީން ގްރޫޕް ފުރަތަމަ ދެ މެޗުވެސް ކުޅުނީ ހޯމްގައި.
- ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުން.
- ދެވަނަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ކައިރިން ޕޮއިންޓެއް ހޯދި. އެ މެޗު ނިމުނީ 1-1 އިން.
- ހަންގޭރީގެ ހަމައެކަނި ގޯލް ޖަހައިދިނީ ފިއޯލާ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020