އަމީތާބުގެ ގަމީހަށް ގޮށްޖެހުމުގެ ސްޓައިލް އުފެދިގެން އައި ގޮތް އޭނާ ކިޔައިދީފިއެވެ.

އަމީތާބަކީ ޒުވާން ދުވަސްވަރުވެސް ތަފާތު ސްޓައިލުތައް ގެންގުޅުނު ބަތަލެކެވެ. ގިނަ ބަޔަކު އޭނާގެ ސްޓައިލާއި އެއްގޮތަށް ހެދުން އެޅުމަށް އެޒަމާނުގައި ހާއްސަ އިސްކަމެއް ދެމުން އައިސްފައިވެއެވެ.

ފިލްމު ''ދީވާރު'' ގައި އޭނާ ފެނިގެންދާ ނޫކުލައިގެ ގަމީހުގައި ކުރިމަތިން ގޮށް ޖަހާލާފައި ވަރަށް ސްޓައިލުގައި ހުންނަ ފޮޓޯއެއް ހިއްސާކުރަމުން އަމީތާބު އެވާހަކަ އިންސްޓަގުރާމުގައި ވަނީ ކިޔައިދީފައެވެ.

''ޝޫޓިންގެ ފުރަތަމަ ދުވަސް....ގަމީސް ކަކުލާ ހަމައަށް ފޯރާހާ ދިގު.... އާ ގަމީހެއް ހޯދާނެ ވަގުތެއް އަދި އާ އެކްޓަރެއް ހޯދާނެ ވަގުތެއްވެސް ޑައިރެކްޓަރަކަށް ވެސް ނުލިބުނު....އެހެންވެ ގަމީސް ކުރިމަތިން ގޮށް ޖަހައި އައްސާލީ.....'' އަމީތާބު ބުންޏެވެ.

މިވާހަކައަށް ބާރުދީ ސުނިލް ގްރޯވަރު އަމީތާބުގެ ޕޯސްޓަށް ކޮމެންޓުކޮށް އެހިސާބުން ފެށިގެން އޭނާވެސް އެ ސްޓައިލު ކޮޕީކުރަން ފެށިކަމަށް ވަނީ ބުނެފައެވެ.