ޔޫރޯ 2020ގެ ގްރޫޕް ޑީގައި ކްރޮއޭޝިއާ އާއި ސްކޮޓްލޭންޑް ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ދެޓީމުވެސް ނުކުންނާނީ ގަދަ 16ގެ އުންމީދާ އެކުގައި. ކްރޮއޭޝިއާއިން ސްކޮޓްލޭންޑް ބަލިކޮށްފިނަމަ ގަދަ 16 އަށް ދާނެ. ޗެކަށް ވުރެ ފައިދާ ގޯލު ގިނަކޮށް ދެވަނައަށްވެސް ދެވޭނެ. ހަމަ އަނެއް ކޮޅުން ސްކޮޓްލޭންޑުން ކްރޮއޭޝިއާ ބަލިކޮށްފިނަމަ ގަދަ 16 އަށް ދާނެ. ފައިދާ ގޯލުގެ ތަފާތުން ދެވަނައަށްވެސް ޖެހިލެވިދާނެ. އެހެންކަމުން މިރޭގެ މެޗަށް ދެޓީމުންވެސް ނުކުންނާނީ މޮޅަކަށް. ފޯރިގަދަ ވާނެ ކަމަށް ބެލެވޭ.

މެޗަށް ދެޓީމުން ނުކުންނާނީ ގްލަސްގޯގެ ހެމްޕްޑެމް ޕާކުގައި. އެއީ ސްކޮޓްލޭންޑްގެ ހޯމް.

  • ސްކޮޓްލޭންޑް
  • ސްކޮޓްލޭންޑުން މުބާރާތުގައި ޗެކު އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުން
  • ދެވަނަ މެޗުގައި ވާދަވެރި އިންގްލެންޑާ ވަނީ 0-0 އިން އެއްވަރުވެފައި
  • ކޮވިޑުގެ ނުރައްކާ ސްކޮޓްލޭންޑަށް ވަނީ ކޮށްފައި
  • އެޓީމުގެ ޑިފެންސިވް މިޑްފީލްޑަރު، އިންގްލެންޑް މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގިލްމޯ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
  • ކްރޮއޭޝިއާ
  • ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ވަނީ އިންގްލެންޑް އަތުން ބަލިވެފައި
  • ދެވަނަ މެޗުގައި ޗެކާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުން
  • މެޗުގައި ޖެހި ހިތްގައިމު ގޯލު ޖަހައިދިނީ ޕެރިސިޗް