ޔޫރޯ 2020ގައި ގްރޫޕް ޑީ ގައި ޗެކު ރިޕަބްލިކާއި އިންގްލެންޑް ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

އިންގްލެންޑާއި ޗެކު ރިޕަބްލިކަށް ވަނީ ގަދަ 16 ޔަގީންވެފައި. އިންގްލެންޑް ކައިރިން ބަލިނުވެއްޖެނަމަ، ޗެކަށް ގްރޫޕް އެއްވަނަވެސް ލިބޭނެ. ސްކޮޓްލޭންޑުން ކްރޮއޭޝިއާ ބަލިކޮށްފި ނަމަ މިރޭގެ މެޗުން ޗެކު ބަލިވިޔަސް އެޓީމަށް ދެވަނަ ލިބޭނެ. ތިންވަނައަށް ޗެކު ވެއްޓޭނީ ކްރޮއޭޝިއާއިން ގިނަ ގޯލުތަކެއް ޖަހައިގެން ސްކޮޓްލޭންޑް ބަލިކޮށްފިނަމަ. އެހެން ގްރޫޕުތަކުގެ ތިންވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލައި ޗެކު ތިންވަނައަށް ދިޔަޔަސް ގަދަ 16 ލިބޭނެ.

ޗެކު ބަލިކޮށްފި ނަމަ އިންގްލެންޑަށް ގްރޫޕުގެ އެއްވަނަ ޔަގީންވާނެ. ސްކޮޓްލޭންޑުން ކްރޮއޭޝިއާ ކައިރިން ގިނަ ގޯލުތަކެއް ޖަހައިގެން މޮޅުވިޔަސް އިންގްލެންޑް ވެއްޓޭނީ ތިންވަނައަށް. އެހެން ގްރޫޕުތަކުގެ ތިންވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލައި އިންގްލެންޑް ތިންވަނައަށް ދިޔަޔަސް ގަދަ 16 ލިބޭނެ.

މެޗަށް ދެޓީމު ނުކުންނާނީ ވެމްބްލީ ސްޓޭޑިއަމްގައި.

  • އިންގްލެންޑް
  • އިންގްލެންޑްގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުން
  • މެޗުގެ ހަމައެކަނި ގޯލަކީ ސްޓާލިން ޖެހި ގޯލެއް
  • އިންގްލެންޑް ދެވަނަ މެޗުގައި ސްކޮޓްލޭންޑާ އެއްވަރުވީ 0-0 އިން
  • މިރޭގެ މެޗަށް މޭސަން މައުންޓާއި ޗިލްވެލް ސްކޮޑުގައި ނުހިމެނޭނެ
  • އެ ދެކުޅުންތެރިން ތިބީ އައިސޮލޭޝަންގައި، އެއީ ސްކޮޓްލޭންޑްގެ ގިލްމޯއާ ކޮންޓެކްޓް ވެގެން
  • ޗެކު ރިޕަބްލިކް
  • ޗެކުން ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުން
  • މެޗުގައި ދެ ގޯލުވެސް ޖެހީ ޕެޓްރިކް ޝިކް
  • ދެވަނަ މެޗުގައި ކްރޮއޭޝިއާ ޗެކު އެއްވަރުކުރީ 1-1 އިން
  • އެ މެޗުގައިވެސް ޗެކްގެ ގޯލު ޖެހީ ޝިކް