ރާއްޖެއިން ބޭރުގެ ޔޮޓެއް ހާލުގައި ޖެހިގެން މާލޭ ފަޅުތެރެޔަށް ވަދެއްޖެ އެވެ.

ފުލުހުން ބުނީ، އެ ޔޮޓު ވަދެފައިިވަނީ ނަސަންދުރާއާ ދިމާ ފަޅުތެރެޔަށް ކަމަށެވެ. އެ ޔޮޓު އެ ސަރަހައްދަށް ވަން ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:00 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ހާލުގައި ޖެހިފައިވާ ޔޮޓުގައި ތިބީ ކިތައް މީހުން ކަމެއް އަދި އެއީ ކޮން ގައުމެއްގެ ޔޮޓެއް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ، އެ ޔޮޓުގެ މައުލޫމާތު އެމްއެންޑީއެފަށް ދީފައިވަނީ ރާއްޖޭގެ ލޯކަލް އެޖެންޓް މެދުވެރިކޮށް ކަމަށެވެ.

ހާލުގައި ޖެހިގެން މާލޭ ފަޅަށް ވަނީ ހުދުކުލައިގެ ސްޓްރައިޑާ ނަމަކަށް ކިޔާ ޔޮޓެކެވެ.